Last Updated: April 26, 06:14
Friday, April 26, 2024
ވިޔަފާރި

ސިބްކޯ އައްޑޫ ފިހާރައަށް ސޭލްސް އެސިސްޓެންޓެއް ހޯދަނީ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިމްޕޯޓް މުދާ ވިއްކާ ކުންފުންޏެއް ކަމަށްވާ ސިބްކޯގެ އައްޑޫ ސިޓީ މަރަދޫ ފިހާރައަށް ސޭލްސް އެސިސްޓެންޓެއް ހޯދަން އިއުލާންކޮށްފިއެވެ.

ސިބްކޯ އިން ބުނީ ވަޒީފާގައި ހޭދަކުރާ ފުރަތަމަ ތިން މަސް ދުވަހަކީ ޕްރޮބޭޝަން މުއްދަތު ކަމަށާއި އެއަށްފަހު ވަޒީފާ ދާއިމީ ކުރެވޭނެ ކަމަށެވެ. އެގޮތުން ދާއިމީ ވަޒީފާ ދޭނީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށް ސިބްކޯ އިން ބުނެއެވެ.

ވަޒީފާގައި މަސައްކަތް ކުރަންޖެހޭނީ ހޮނިހު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 9 އިން ހަވީރު 6 އާއި ހަމައަށެވެ.

މި ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި މި ދާއިރާ އިން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުމާއި، އިނގިރޭސި އަދި ދިވެހިން ރަނގަޅަށް މީހުންނާއި މުއާމަލާތް ކުރުމުގެ އިތުރުން މީހުންނާއި ގުޅިގެން މަސައްކަތް ކުރަން ދަންނަ މީހަކަށްވުން ހިމެނެއެވެ.

މި ވަޒީފާ އަށް ހޮވޭ ފަރާތަކަށް ދޭނެ މުސާރައެއް ކަނޑައަޅާނީ ތައުލީމީ ފެންވަރާއި ތަޖުރިބާ އަށް ބެލުމަށްފަހު ދެ ފަރާތުން މަޝްވަރާ ކުރުމަށްފަހު ކަމަށް ސިބްކޯ އިން ބުނެއެވެ.

މި ވަޒީފާ އަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީ އާއި ތައުލީމީ ސެޓްފިކެޓްތަކުގެ އިތުރުން އައިޑީ ކާޑު ކޮޕީ hr@sibco.com.mv އަށް ފޮނުވުމަށް ވަނީ އެދިފައެވެ. ވަޒީފާ އަށް އެދުމުގެ އެންމެފަހުގެ ތާރީހަކީ މި މަހުގެ 8 ވަނަ ދުވަހުގެ ހަވީރު 6 ގެ ކުރިންނެވެ.