Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ނަޝީދު ދައްކަވާ ވާހަކަތައް އަޑު ނޭހުމަށް ޝާހިދު ވަނީ ގައުމުތަކަށް އަންގަވާފައި: ސައީދު

މާވަށު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު -- ފޮޓޯ / ސަން

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތައް އަޑު ނޭއްސެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބޭރު ގައުމުތަކަށް އަންގަވާފައި ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ނަޝީދު ދައްކަވާ ވާހަކަތަކުގެ ތެރޭގައި ކަނޑުކޮސް ވާހަކަތައް މާބޮޑަށް ގިނަ ވާތީ ނަޝީދު ދައްކަވާ ވާހަކަތައް އަޑު ނޭއްސެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޭރު ގައުމުތަކަށް އަންގާފައިވާ ކަމަށެވެ.

"ރައްޔިތުން ނިކަމެތިވެއްޖެ، ކަރަންޓު ބިލު ވަނީ ބޮޑު ކުރާކަށް މަސައްކަތެއް ނެތް، މިކަމާ އުޅެމާ ހިންގަވާ،" ސައީދު ވިދާޅުވިއެވެ.

ސައީދު މިފަދައިން ވިދާޅުވެފައި މިވަނީ ހޮންކޮންގުގައި ޗައިނާއިން ކަންކުރަމުންދަނީ ހޮންކޮންގާއި ޗައިނާގެ މެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ ހޮންކޮންގުގައި ޗައިނާއާ ދެކޮޅު ފަރާތްތަކަށް ތާއީދުކުރައްވާ ކަމުގައެވެ. އަދި ޗައިނާއިން ހޮންކޮންގުގައި ކަންކުރަނީ ޗައިނާއިން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.