Last Updated: March 29, 14:00
Friday, March 29, 2024
ވިޔަފާރި

އެމްފައިސާ މެދުވެރިކޮށް 3000 ރުފިޔާ ހޯދުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި

އަޟްހާ ޢީދުގެ މުނާސަބަތުގައި، އުރީދޫ މޯލްޑިވްސްއިން އަނެއްކާވެސް ހާއްސަ އޮފަރއެއް ތައާރަފްކޮށްފިއެވެ.

މިއޮފަރ އަކީ އެމް-ފައިސާ ކަސްޓަމަރުންނަށް ޙާއްސަ އޮފަރއެކެވެ. މި އޮފަރގެ ދަށުން އެމް-ފައިސާ "ސެންޑް މަނީ" ފީޗަރ ބޭނުންކުރައްވައިގެން 3 އޯގަސްޓް 2020 ގެ ކުރިން ތަފާތު 5 އެމް-ފައިސާ ވޮލެޓަށް 50ރ އަށް ވުރެ މަދު ނޫން އަދަދެއްގެ ފައިސާ ޓްރާންސްފަރ ކުރައްވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް 3000ރ ލިބޭނެއެވެ.

މި ހާއްސަ ޕްރޮމޯޝަން 3 އޯގަސްޓް 2020 ގެ ރޭގަނޑު 11:30 ހަމައަށް ކުރިއަށްދާއިރު، ނަސީބުވެރި ފަރާތްތަކުގެ މައުލޫމާތު 5 އޯގަސްޓް 2020 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށް އުރީދޫން ބުނެއެވެ.

އެމް-ފައިސާ "ސެންޑް މަނީ" ފީޗަރ އިން އެއް ވޮލެޓުން އަނެއް ވޮލެޓައް އިތުރު ޗާރޖަކާނުލާ ލާރި ޓްރާންސްފަރ ކޮށްލެވޭނެއެވެ. ޢީދު ދުވަހުގެ ތަހުނިޔާ އާއިއެކު ދުރުގައި ތިބި އާއިލާގެ މެމްބަރުންނަށް އަދި ރައްޓެހިންނަށް ޢީދު ހަދިޔާއެއްގެ ގޮތުގައިވެސް ފޮނުވާލެވިދާނެއެވެ.

އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުން، އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުން، ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން ކެންސަރ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

އެމް-ފައިސާ މެދުވެރިކޮށް ސެންޑް މަނީ ފީޗަރ ބޭނުންކުރެއްވުމަށް:

1. އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ އަށް ލޮގިން ކުރައްވާ: http://ore.do/app
2. SEND MONEY ނަންގަވާ
3. ފައިސާ ފޮނުވަން ބޭނުންވާ އެމް-ފައިސާ ވޮލެޓްގެ ނަންބަރު NEW, SEARCH ނުވަތަ SMART PAY މެދުވެރިކޮށް ހިޔާރު ކުރެއްވުމަށް
4. ފޮނުވަން ބޭނުންފުޅުވާ އަދަދު ޖެއްސެވުމަށްފަހު PROCEED އަށް ފިތާލައްވާ
5. ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ކޮންފަރމް ކުރައްވާ
ފައިސާ ފޮނުވިކަމުގެ މެސެޖެއް ފައިސާ ފޮނުވި ފަރާތަށް އަދި ލިބޭފަރާތައްވެސް މެސެޖެއް ލިބިވަޑައިގަންނަވާނެއެވެ.

އެމް-ފައިސާ އަށް ރެޖިސްޓަރކުރުމަށް:

1. އުރީދޫ އެޕް ޑައުންލޯޑްކުރައްވާ http://ore.do/app
2. އެމް-ފައިސާ ޚިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ
3. މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ
4. މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ
5. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ
6. ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.

ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެވޭނެއެވެ.