Last Updated: July 10, 10:10
Thursday, July 10, 2025
ވިޔަފާރި

ދެވަނަ ކުއާޓާރުގައި އެމްޓީސީސީ އަށް 18 މިލިއަން ރުފިޔާގެ ފައިދާއެއް

އެމްޓީސީސީން ފެހެންދޫ ބަނދަރުގެ މަސައްކަތް ކުރަނީ - ފޮޓޯ: އެމްޓީސީސީ

މިއަހަރުގެ ދެވަނަ ކުއާޓާރުގައި އެމްޓީސީސީ އަށް 18 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

އެމްޓީސީސީގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުއާޓަރުގައި އެ ކުންފުނިން 248 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން، ސާފު ފައިދާގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ.

ދެވަނަ ކުއާޓަރުގައި 18 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބުނުއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން ވަނީ ފައިދާގެ ގޮތުގައި 62 މިލިއަން ރުފިޔާ ހޯދާފައެވެ.

އެމްޓީސީސީގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 24 މިލިއަން ރުފިޔާއެވެ. އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި 26 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

އެމްޓީސީސީން މިދިޔަ ކުއާޓަރުގައި 14 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާއިރު، 75 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އަލަށް އަށް މަޝްރޫއެއްގެ މަސައްކަތް ވެސް މިދިޔަ ކުއާޓަރުގައި ފަށާފައިވާ ކަމަށް މާލީ ރިޕޯޓުގައި ބުނެފައިވެއެވެ.