Last Updated: July 6, 22:22
Monday, July 7, 2025
ޚަބަރު

ހާއްސަ އެހީއަށް ބޭނުންވާ އަންހެނެއް ރޭޕްކުރި ދެ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނެއް ރޭޕްކުރި މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ހެނދުނު ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 48 އަހަރުގެ އަންހެނަކު ރޭޕް ކޮށްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ ހަވީރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރާއި 19 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.