Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ބޭރަށް ނިކުތުމުގެ ފުރުސަތު ލިބުނަސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ - ފޮޓޯ: މިހާރު

އީދުގެ އުފާ ފާޅުކުރުމަށް ގެއިން ބޭރަށް ނިކުތުމުގެ ފުރުސަތު ލިބުނު ކަމުގައިވީ ނަމަވެސް ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުޑަކުދިންނާއި ބެލެނެވެރިންގެ ކިބައިން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އިލްތިމާސް ކުރައްވައިފިއެވެ.

ޖެންޑާ މިނިސްޓްރީގެ ޓްވީޓާގައި އާއްމުކޮށްފައިވާ މިނިސްޓަރުގެ ވީޑިއޯ މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ ނިމިދިޔަ ފިތުރު އީދު ހުރިހާ ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތައް ހޭދަ ކުރަން ޖެހުނީ ގޭގައި ކަމަށެވެ. ނަމަވެސް އަޟްހާ އީދުގެ އުފާ އެންމެ އެދެވޭ ގޮތުގައި ފާހަގަ ނުކުރެވުނު ނަމަވެސް ބޭރަށް ނިކުމެލުމުގެ ކުޑަ ފުރުސަތެއް ލިބިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އަދި ވިދާޅުވީ ބޭރަށް ނިކުމެ އުޅޭ އިރުގައިވެސް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އެގޮތުން ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށާއި މާސްކު އެޅުމަށާއި އަދި ސާފުތާހިރުކަމަށް އަބަދުވެސް ސަމާލުކަން ދިނުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ޖެންޑާ މިނިސްޓްރީން އަންނަނީ ރަށްރަށުގައި ހުންނަ އެ މިނިސްޓްރީގެ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އީދުގެ އުފާ ފާހަގަކުރަމުންނެވެ.