Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

އުރީދޫ އިން ގެނެސްދިން ކުރިއެރުމަކީ ރާއްޖޭގެ އިގްތިސޯދަށް އެޅުނު ބާރެއް: މަލީހު

އުރީދޫ މޯލްޑިވްސް އިން ގެނެސްދީފައިވާ ކުރިއެރުމަކީ ރާއްޖޭގެ އިގްތިސޯދީ ތަރައްގީއަށް އެޅުނު ބާރެއް ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

އުރީދޫން ރާއްޖޭގައި ހިދުމަތް ދެމުން އަންނަތާ 15 އަހަރު ފުރުމުގެ މުނާސަބަތުގައި މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި މަލީހު ވިދާޅުވީ ރާއްޖެއަށް ހިދުމަތް ދެމުންދާތާ 15 އަހަރު ފުރުމުގެ މުނާސަބަތުގައި އުރީދޫ މޯލްޑީވްސްގެ މެނޭޖްމެންޓަށާއި މުވައްޒަފުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އިތުރަށް ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން ގެނެސްދީފައިވާ ކުރިއެރުމަކީ ރާއްޖޭގެ އިގްތިސޯދީ ތަރައްގީއަށް އެޅުނު ބާރެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސް ރާއްޖެއަށް އެންމެ ފުރަތަމަ ހިދުމަތް ދެމުން ދިޔައީ ވަތަނިއްޔާގެ ނަމުގައެވެ. ވަތަނިއްޔާގެ ނަން އުރީދޫއަށް ބަދަލުކޮށް ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވަނީ 2013 ވަނަ އަހަރުއެވެ.