Last Updated: April 23, 23:56
Tuesday, April 23, 2024
ވިޔަފާރި

އުރީދޫން މުޅި އޯގަސްޓް މަހަށް އިތުރު ޑޭޓާ ލިބޭ ހާއްސަ އޮފާތަކެއް

އުރީދޫގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މުޅި އޯގަސްޓު މަހަށް އިތުރު ޑާޓާ ލިބޭ ހާއްސަ އޮފާތަކެއް ތައާރަފްކޮށްފިއެވެ.

އުރީދޫން ބުނީ މި އޮފަރތަކުގެ ދަށުން ޕްރިޕެއިޑް ކަސްޓަމަރުންނަށް %50 އާއި ހަމައަށް ބޯނަސް ޑޭޓާ، މަންތްލީ ޑޭޓާ އެކްޓިވޭޓް ކުރައްވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %20 އިތުރު ޑޭޓާ، އޯގަސްޓް މަހުގެ ތެރޭގައި އެކްޓިވޭޓްކުރާ މައިފައި ޑިވައިސްތަކަށް ކުރައްވާ ރީޗާރޖްތަކަށް %15 ބޯނަސް ޑޭޓާ އަދި މީގެ އިތުރުން ސާރކް ގައުމުތަކަށް ކުރައްވާ އައިޑީޑީ ފޯން ކޯލްތަކުން %15 ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

50 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ – ޕްރިޕެއިޑް

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން މި އޯގަސްޓް މަހު އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު %50 އާއި ހަމައަށް އިތުރު ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ. އެކްޓިވޭޓް ކުރެއްވުމަށްhttp://ore.do/app އަށް ޒިޔާރަތްކުރައްވާށެވެ.

20% އިތުރު ޑޭޓާ – ޕޯސްޓްޕެއިޑް

އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުން މި އޯގަސްޓް މަހު އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު %20 ޑޭޓާ އިތުރަށް ލިބިވަޑައިގަންނަވާނެއެވެ. އެކްޓިވޭޓް ކުރެއްވުމަށްhttp://ore.do/app އަށް ޒިޔާރަތްކުރައްވާށެވެ.

15% އިތުރު ޑޭޓާ – ފަސޭހަ މައިފައި

އޯގަސްޓް މަހު ތެރޭގައި އެކްޓިވޭޓް ކުރައްވާ ފަސޭހަ މައިފައި ޑިވައިސްތަކަށް ކުރައްވާ ކޮންމެ ރީޗާރޖްއަކާއެކު %15 ޑޭޓާ އިތުރަށް ލިބިވަޑައިގަންނަވާނެއެވެ. އެކްޓިވޭޓް ކުރެއްވުމަށްhttp://ore.do/app އަށް ޒިޔާރަތްކުރައްވާށެވެ.

އައިޑީޑީ ކޯލް ރޭޓްއިން %15 ޑިސްކައުންޓް

ސާކް ގައުމުތަކުގައި ތިއްބަވާ އާއިލާއާއި ރައްޓެހިންނަށް ފަސޭހަކަމާއެކު ގުޅާލުމަށް އޯގަސްޓް މަހު ތެރޭގައި ކުރައްވާ ކޯލްތަކުން %15 ލިބިވަޑައިގަންނަވާނެއެވެ. ޑިސްކައުންޓް ހޯއްދެއްވުމަށް ކަންޓްރީ ކޯޑްގެ ކުރިޔަށް 011 ޖެއްސެވުމަށް ފަހު ގުޅުއްވާށެވެ.

އުރީދޫގެ އަހަރީ ދުވަހުގެ އޮފަރ ކޮންމެތާކު ހުރެގެންވެސް ފަސޭހަކަމާއިއެކު އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭއިރު، ކަސްޓްމަރުންނަށް މުޅި އޯގަސްޓް މަހަށް މިއޮފަރތައް ލިބިގެންދާނެއެވެ.