Last Updated: August 15, 02:10
Friday, August 14, 2020
ޚަބަރު

ރިމައިންޑާ ކޯލްސް އަދި އީމެއިލް މެދުވެރިކޮށް 71 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) -- ސަންފޮޓޯ

ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ރިމައިންޑާ ކޯލްސް އަދި އީމެއިލްސް މެދުވެރިކޮށް 71 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފިއެވެ.

މީރާއިން އާއްމު ކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 169 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

މީރާއިން ބުނީ އެ ފައިސާގެ ތެރެއިން ޑަނިން ޕޮލިސީގެ ދަށުން ހޯދި 61.1 މިލިއަން ރުފިޔާ އާއި ރިމައިންޑާ ކޯލްސް އަދި އީމެއިލްސް މެދުވެރިކޮށް ހޯދި 71.2 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިޔަރެންސް ޕޮލިސީގެ ދަށުން ލިބުނު 31.7 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ. މީގެއިތުރުން ބޭންކް އެކައުންޓުތައް ފްރީޒް ކޮށްގެން ދެ މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށްވެސް މީރާއިން ބުންޏެވެ.

މީރާއިން ބުނީ 60 ފަރާތެއްގެ އަތުން ޖީއެސްޓީގެ ގޮތުގައި 42 މިލިއަން ރުފިޔާ، ޓީޖީއެސްޓީގެ ގޮތުގައި 14 ފަރާތެއްގެ އަތުން ފަސް މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.