Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓް ހުޅުވައިފި

ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓް ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.

މި ރިސޯޓަކީ ރެޑިސަން ހޮޓެލް ގްރޫޕާއި ޝަން ހުއާ ހޯލްޑިންސްއިން ހިންގާ ރިސޯޓެކެވެ. އެ ރިސޯޓުން އިއްޔެ ވަނީ އެ ރިސޯޓުގެ ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔާފައެވެ.

މި ރިސޯޓަކީ އަދ. ހުރުހެޅީގައި ތަރައްގީ ކޮށްފައިވާ 128 ވިލާ ހިމެނޭ ރިސޯޓެކެވެ. މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭނުގައި 30 މިނެޓުން ދެވޭނެއެވެ.

މިރިސޯޓުގައި ވޯޓަރ ސްޕޯޓްސް، ޑައިވް ސެންޓަރ، ސްޕާ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތަކަށް ހާއްސަ ރެސްޓޯރެންޓުތަކާއި، ކުޑަކުދިންނަށް ހާއްސަ އެކިއެކި ހިދުމަތްތައް ލިބެން ހުންނާނެއެވެ. މި ރިސޯޓުގެ ކޮޓަރިތަކުގެ އަގު ފެށޭ އަގަކީ 600 ޑޮލަރެވެ.