Last Updated: July 10, 06:03
Thursday, July 10, 2025
ކުޅިވަރު

ފެރަން ޓޮރޭޒް ސިޓީ އަށް ސޮއިކޮށްފި

ވެލެންސިއާ ވިންގަށް ކުޅެމުން އައި ސްޕެއިންގެ ފެރަން ޓޮރޭޒް މެންޗެސްޓަރ ސިޓީ އަށް ސޮއިކޮށްފިއެވެ.

އުމުރުން 20 އަހަރުގެ ފެރަން ސިޓީ އަށް ސޮއިކޮށްފައިވަނީ 23 މިލިއަން ޔޫރޯގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ފެރަން އަކީ ދާދިފަހުން ސިޓީ ދޫކޮށްލުމަށްފަހު ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވި ލީރޯއި ސާނޭ ނެތްތަން ފޫބެއްދުމުގެ ގޮތުން ގެނައި ކުޅުންތެރިއެކެވެ.

ސިޓީ އަށް ސޮއިކުރުމަށްފަހު ފެރަން ބުނީ ކޮންމެ ކުޅުންތެރިއަކު ވެސް އެޓޭކިން ފުޓްބޯޅަ ކުޅޭ ޓީމެއްގައި ބައިވެެރިވާން ބޭނުންވާނެ ކަމަށާއި ސިޓީ އަކީ ދުނިޔޭގެ އެންމެ އެޓޭކިންކޮށް ކުޅޭ ފުޓްބޯޅަ ކުޅޭ އެއް ޓީމު ކަމަށެވެ. އަދި އެފަދަ ޓީމަކަށް ސޮއިކުރެވުމުން އުފާކުރާ ކަމަށްވެސް ފެރަން ބުންޏެވެ.

ފެރަންގެ ސޮއި ސިޓީން ހޯދާފައިވާއިރު އެޓީމުން އަންނަނީ ބޯންމަތް އަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު ނޭތަން އަކޭ ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ.