Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ޖަޕާނުން ރާއްޖެއަށް އަހަރަކު ހަ ސްކޮލަޝިޕް ދިނުމަށް ނިންމައިފި

ޖަޕާނުން ރާއްޖެއަށް އަހަރަކު ހަ ސްކޮލަޝިޕް ދިނުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ޖަޕާން ސަރުކާރުން ރާއްޖެއަށް މި ފުރުޞަތު ދީފައިވަނީ އެ ގައުމުން ކުރިއަށްގެންދާ "ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ޕްރޮޖެކްޓު" ގެ ދަށުންނެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިސްކޮލަރޝިޕް ފުރުޞަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

މި އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރުގެ މުއްދަތަށް ކޮންމެ އަހަރަކު ދިވެހި ހަ ދަރިވަރަކަށް ސްކޮލާޝިޕްގެ ފުރުސަތު ޖަޕާނު ސަރުކާރުގެ އެހީގައި ފަހިކޮށްދޭނެއެވެ.

ޖަޕާނަކީ އިޖުތިމާއީ، ތައުލީމީ އަދި ތިމާވެށީގެ ދާއިރާއިން ރާއްޖެ އަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ.

އޭގެ އިތުރުން، ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށްވެސް ޖަޕާނު ސަރުކާރުން ވަނީ ގިނަ އެހީތަކެއް ވެފައެވެ.