Last Updated: April 20, 06:38
Saturday, April 20, 2024
ދުނިޔެ

ކޮވިޑް-19: އިންޑިއާ އިން އެއް ދުވަހުން 900 އަށްވުރެ ގިނަ މަރު

ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރުތެރޭގައި އިންޑިއާ އިން 900 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި ފާއިތުވި 24 ގަޑިއިރުތެރޭގައި 56،282 މީހުން ޕޮޒިޓިވްވެ 904 މީހަކު މަރުވެފައިވާ ކަމަށެވެ. އިއްޔެ އަކީ އެއް ދުވަސްތެރޭ މި ބަލީގައި އިންޑިއާ އިން އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ.

މި އަދަދުތަކާއެކު އިންޑިއާ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1.9 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 40،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ރެކޯޑު އަދަދަކަށް އިއްޔެ އިންޑިއާ އިން މީހުން މަރުވެފައިވާއިރު، މަރުތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މަހާރަޝްތްރާ ސްޓޭޓުންނާއި، ޓެމިލްނާޑޫ އާއި ކަރްނާޓަކާ އާދި އަންދްރަ ޕްރަދޭޝްގެ އިތުރުން ވެސްޓް ބެންގާލް އިންނެވެ.

އިންޑިއާ އަކީ މުޅި ދުނިޔެ އިން ވެސް ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ގައުމެވެ. ލިސްޓުގެ ދެވަނައިގައި ބްރެޒިލް އޮތްއިރު އެއްވަނައިގައި އޮތީ އެމެރިކާ އެވެ.