Last Updated: May 8, 09:25
Wednesday, May 8, 2024
ޚަބަރު

ފަޔާ އެންޑް ރެސްކިއުގެ ކޮމަޑާންޓްގެ މަގާމަށް ކާނަލް މުހުތާރު

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓްގެ މަޤާމަށް ކާނަލް މުޙައްމަދު މުޚުތާރު މިއަދު އައްޔަން ކުރައްވައިފި އެވެ.

މިކަމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މަޤާމު ޙަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ. އަދި މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްއެންޑީއެފުން ބުނީ ކާނަލް މުޙައްމަދު މުޚުތާރު ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް ކަމަށް އައްޔަން ކުރައްވާފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ކާނަލް ޢަބްދުﷲ އިބްރާހީމް ދިގުމުއްދަތަކަށް ރާއްޖެއިން ބޭރު ކޯހަކަށް ފުރާވަޑައިގެންނެވުމާއި ގުޅިގެން ކަމަށެވެ.