Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

ހެނބަދޫ ބަނދަރުގެ 71 ޕަސެންޓް މަސައްކަތް ނިމިއްޖެ

ނ.ހެނބަދޫ ބަނދަރުގެ 71 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން ބޭރުތޮށިލުމުގެ މަސައްކަތުގެ 78 ޕަސެންޓު ނިންމައި އެއްގަމު ތޮށިލުމުގެ މަސައްކަތުގެ 64 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 26.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ސެޕްޓެމްބަރ 2019 ގަ އެވެ.

މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 12.616،44 ސީބީއެމްގެ ބިން ހިއްކުމާއި 223 މީޓަރު ބްރޭކް ވޯޓަލުމާއި އަދި 86 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖައްސާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން ބަނދަރުގެ 1،015 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.