Last Updated: June 4, 21:13
Wednesday, June 4, 2025
ޚަބަރު

މިއަދު ޕޮޒިޓިވްވީ 78 މީހުން

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 78 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި 78 މީހުންގެ ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި، ބަންގްލަދޭޝްގެ 25 މީހަކާއި، އިންޑިއާގެ ހަތަރު މީހެއްގެ އިތުރުން ނޭޕާލްގެ މީހަކާއި ސްރީލަންކާގެ ދެ މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5،572 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2540 މީހުންނަށެވެ. އެގޮތުން 150 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3010 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން ވަނީ 22 މީހަކު މިހާތަނަށް މަރުވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެޗްޕީއޭ އިން ވަނީ ރޭގަނޑު 10 އިން ފަތިހު 5 އާއި ހަމައަށް މާލެ ސަރަހައްދުގައި ކާފިއު ހިންގުމަށް ނިންމާފައެވެ.