Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ޝަންގްރިއްލާ ބަންދުކުރުމާ ގުޅިގެން ކައުންސިލުން މަޝްވަރާކޮށްފި

އައްޑޫ ވިލިނގިލީގައި ހިންގަމުން އައި ޝަންގްރިއްލާ ރިސޯޓު ބަންދުކުރުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ޝަންގްރިއްލާގެ މެނޭޖުމަންޓާ މަޝްވަރާ ކޮށްފިއެވެ.

ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޝަންގްރިއްލާ ރިސޯޓުގެ މެނޭޖުމަންޓާ ފޯނު ކޮންފަރެންސެއް މެދުވެރިކޮށް މިއަދު މަޝްވަރާ ކުރެވިފައިވާ ކަމަށާއި ރިސޯޓު ބަންދުކުރަން ޖެހުމާ ގުޅިގެން ވާހަކަ ދެކެވުނު ކަމަށެވެ.

ނަމަވެސް ކުރެވުނު މަޝްވަރާގެ އެއްވެސް ތަފްސީލެއް ކައުންސިލުން ހާމައެއް ނުކުރެއެވެ. ޝަންގްރިއްލާ ރިސޯޓު ބަންދުކުރުމާ ގުޅިގެން އެ ރިސޯޓުގައި މަސައްކަތް ކުރަމުން އައި އައްޑޫގެ 500 އެއް ހާ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ.

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލެމުން އަންނަ މީހުން އިތުރުވަމުން އަންނަ އިރު ސަރުކާރުން ވަނީ މިފަދަ މީހުންނަށް ދައުލަތުން އެހީއެއް ލިބޭނެ ގޮތަށް ސްޓިމިއުލަސް ޕެކޭޖެއް ތައާރަފް ކޮށްފައެވެ.

ނަމަވެސް މިޕެކޭޖުގެ ދަށުން އެއްވެސް ވަރަކަށް ފައިސާ ނުލިބޭ މީހުން ގިނަކަން، ސޯޝަލް މީޑިޔާގައި ފާޅުކުރާ ޚިޔާލުތަކުން ފާހަގަކުރެވެއެވެ.