Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

ތިނަދޫއިން 41 މީހަކު ކަރަންޓީން ކޮށްފި

ގދ. ތިނަދޫއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެމީހާގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމަށްފަހު އެރަށުން 41 މީހުން ކަރަންޓީން ކޮށްފިއެވެ.

މިއީ ތިނަދޫއިން ކޮވިޑް 19 އަށް މީހަކު ފައްސިވި ފުރަތަމަ ފަހަރެވެ. މި މީހާއަކީ ތިނަދޫ އާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ އުމުރުން 68 އަހަރުގެ ފިރިހެން ފަޅުވެރިއެކެވެ. އޭނާ ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށަށް އަރާ ފޭބުން މަނާކޮށް، ތިނަދޫ ވަނީ މޮނީޓަރިންގެ ހާލަތަކަށް ގެނެސްފައެވެ.

ޕޮޒިޓިވްވި މީހާ މާލެއިން ތިނަދޫއަށް ގޮސް ކަރަންޓީނުގެ މުއްދަތު ހަމަ ނުވަނީސް އާންމުންގެ ތެރެއަށް ނިކުމެ، މިސްކިތަށްވެސް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން، ހދ. ކުޅުދުއްފުށިވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އާއްމުންގެ ސަލާމަތަކަށްޓަކައި އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކަށް ލުއި ދޭން ފެށި ފަހުން ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ގިނަ ވަމުންނެވެ.