Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އަވަހާރަވެއްޖެ

އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ މިއަދު އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 84 އަހަރުގެ ޕްރަނާބް މުކަރްޖީ މިއަދު އަވަހާރަވިއިރު އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެސް ވެފައެވެ. އަދި މި މަހުގެ ކުރީކޮޅު ކުރެއްވި ސިކުނޑީގެ އޮޕަރޭޝަނަކަށްފަހު މުކަރްޖީ އޮންނެވީ ކޯމާއެއްގައެވެ.

މުކަރްޖީ އަވަހާރަވިކަން އިއުލާން ކުރެއްވީ ޓްވިޓާ މެދުވެރިކޮށް އޭނާގެ ދަރިކަލުން އަބީޖީތް މުކަރްޖީ އެވެ.

އިންޑިއާގެ ރައީސްކަމުގެ މަގާމު މުކަރްޖީ ކުރެއްވީ 2012 އިން ފެށިގެން 2017 އާއި ހަމައަށެވެ.

އޭގެ ކުރިން އޭނާ ވަނީ އެގައުމުގެ ފިނޭންސް މިނިސްޓަރު ކަމާއި، ޑިފެންސް މިނިސްޓަރުކަމުގެ އިތުރުން އެގައުމުގެ އެކްސްޓާނަލް އެފެއާޒްގެ މަގާމު ވެސް ފުރުއްވާފައެވެ.