Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

ދާ އަޅައިގެން 9 ވައްތަރެއްގެ މަސް ނެގުން މަނާ ކޮށްފި

މަސްވެރިޔަކު އެން އުކަނީ، 9 ވައްތަރެއްގެ މަސް ދާ އަޅައިގެން ނެގުނުން މަނާ، ފޮޓޯ: ޒުވާން މަސްވެރިޔާ އެފްބީ ޕޭޖް

މަސްވެރިކަމުގެ އާއްމު ޤަވާއިދު ތަކުގެ ދަށުން، އަމިއްލަ ބޭނުމަށް މަސްވެރިކަން ކުރާކުރުމުގައި ދާ އަޅައްގެން 9 ބާވަތެއްގެ މަސް ނެގުން މަނާކޮށްފިއެވެ.

ބޭނުން މަނާ ކޮށްފައިވާ 9 ބާވަތުގެ ތެރޭގައި ހިމެނެނީ ރެހި، ބޯދި، މުގުރާން، ހޮނޑެލި، މިޔަރެން، ނިލަމެހި، ތަވާޅު ނުވަތަ ތަވާޅަ، އަދި މުށިމަހެވެ.

ދާ އަޅައިގެން ހިފުން މަނާ ބާވަތެއްގެ މަހެއް ހިފައިފިނަމަ، ނުވަތަ ދާ ބޭނުން ކުރަންޖެހޭ ހަމަތަކާ ޚިލާފުވެއްޖެނަމަ އެއްމެ ފުރަތަމަ 2000 ރުފިޔާއިން ޖޫރިމައިނާ ކުރެވޭނެކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ. އަދި މި ކުށް ތަކުރާރު ކުރެވޭ ކޮންމެ ފަހަރަކު 500 ރުފިޔާ އިތުރުކޮށް ޖޫރިމަިނާ ކުރެވޭނެ އެންމެ ބޮޑު އަދަދަކީ 5000 ރުފިޔާ ކަމުގައިވެސް ޤަވާއިދުގައި ބުނެފައިވެއެވެ.

ރަށްރަށުގެ ފަޅުތެރެއިން އަމިއްލައަށް ކުރާ މަސްވެރިކަމުގައި ދާ އަޅައިފި ކަމަށް ވަންޏާ އެންމެ ފުރަތަމަ ޖޫރިމައިނާ ކުރެވޭނީ 3500 ރުފިޔާއިންނެވެ. އަދި ތަކުރާރު ކޮށްފިނަމަ 5000 ރުފިޔާ އާއި ހަމައަށް ކޮންމެ ފަހަރަކު 500 ރުފިޔާ އިތުރު ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ޤަވާއިދުގައި ބުނެފައި ވަނީ އަމިއްލަ މަސްވެރިކަމަށް ބޭނުންކުރާ ދާ 100 ފޫޓަށްވުރެ ދިގުވެގެން ނުވާނެކަމަށާއި ދަލުގެ ގޮޅިތައް ހުންނަން ޖެހޭނީ 4 އިންޗައްވުރެ ބޮޑުކޮށް ކަމަށެވެ.

އަމިއްލަ މަސްވެރިކަނަ ކުރުމުގައި ފަރަށް ގެއްލުން ނުވާ ގޮތަށް ދާ އެޅުމަށާއި ދާ އުކާފައި ނުދިޔުމަށް ޤަވާއިދުގައި ބުނެފައިވެއެވެ. އަދި ދާ ދަމާފައި ބޭއްވޭނީ އެއްމެ ގިނައިރުވެގެން ދެގަޑި އިރަށް ކަމަށްވެސް ޤަވާއިދުގައި ބުނެފައިވެއެވެ.