Last Updated: April 26, 06:56
Friday, April 26, 2024
ދުނިޔެ

ފާހާނާއެއްގެ ފްލަޝް ޓޭންކެއްގެ ތެރެއިން ހަތަރު ހަރުފަ ފެނިއްޖެ

އޮސްޓރޭލިއާގެ ނޯތު ކުއީންސްލޭންޑް ގައި އަންހެނަކު ފްލަޝް ކުރަން އުނދަގޫ ވެގެން ޓޭންކުގެ މަތި ނަގާ ބެލިއިރު ޓޭންކު ތެރެއިން ހަތަރު ހަރުފަ ފެނިއްޖެއެވެ.

އުއްދަނޑި ދަނޑެއްގެ ތެރޭގައި ހުންނަ ގެއްގައި ދިރިއުޅެމުންދާ 25 އަހަރުގެ ސޯފީ ޕިއާސަން ބުނެފައި ވަނީ ފާހާނާ ފްލަޝް ކުރަން އުޅުމުންވެސް ފެން ނާންނަ ކަމަށެވެ.

އެހެންކަމުން އޭނާ ގަސްތުކުރީ ޓޭންކުގެ މަތި ނަގާފައި ވީ ކަމެއް ބެލުމަށެވެ. ޓޭންކުގެ މަތި ނެގުމުން އޭގެ ތެރެއިން އޭނާއަށް ފެނުނީ ބޮޑު ހަތަރު ހަރުފައެވެ. މި ހަރުފަ އަކީ 'ކޮމަން ޓްރީ ސްނޭކް' ނަމަކަށް ކިޔާ ހަރުފައެވެ. ނަމަވެސް މިކަހަލަ ހަރުފަ އަކީ ވިހަގަދަ އެއްޗެއްް ނޫނެވެ.

އެ ހަތަރު ހަރުފައިގެ ތެރެއިން އެއްމެ ބޮޑު އެތީގައި 3.2 ފޫޓު ހުއްޓެވެ. އެއީ ގާތްގަނޑަކަށް އެއް މީޓަރެވެ.

ސޯފީ ބުނެފައިވާ ގޮތުން މީގެ މަހެއްހާ ދުވަސް ކުރިންވެސް އެގޭގެ ފާހާނާ ތެރެއިން ހަރުފައެއް ފެނިފައިވެއެވެ.