Last Updated: June 21, 06:02
Saturday, June 21, 2025
ޚަބަރު

ގެއްލިގެން އެދިޔައީ ވަފާތެރި ހިދުމަތްތެރިއެއް: ގާސިމް

ރޭގެ ވަގުތެއްގައި އަވަހާރަވި މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން އަކީ ވަފާތެރި ހިދުމަތްތެރިއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހުސެއިން އަވަހާރަވުމާ ގުޅިގެން ގާސިމް ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު ދެރަ އަކާއި ނިކަމެތި ކަމެއް ކަމަށާއި ގެއްލިގެން ދިޔައީ ވަރަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ގާބިލު ޒިންމާދާރު ބޭކަލެއް ކަމަށެވެ.

މިއީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށާއި ގެއްލިގެން ދިޔައީ ޖުމްހޫރީ ޕާޓީ އަށާއި އަދި އެމަނިކުފާނަށް ވެސް ވަފާތެރި ހިދުމަތްތެރިއެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އުމުރުފުޅުން 71 އަހަރުގެ ހުސެއިން އަވަހާރަވެފައިވަނީ ރޭ ދަންވަރުގެ ވަގުތެެއްގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގެ އިތުރުން ތައުލީމީ އަދި މީޑިއާގެ ދާއިރާގައި ވެސް ހުސެއިން މަސައްކަތް ކުރައްވާފައިވެއެވެ.