Last Updated: July 13, 11:58
Sunday, July 13, 2025
ކުޅިވަރު

ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

ނ. ކެނދިކުޅުދޫގައި ސަރުކާރުން އެޅި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މި މަސައްކަތަށް އެ ރަށުގެ ކައުންސިލާއި އެ ދާއިރާގެ މެމްބަރު އަހުމަދު އީސަ ގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑު ނިމިފައިވާއިރު ހަފްތާއެއްގެ ތެރޭގައި ރ.އަލިފުށި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވެސް ނިމޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ. އެއަށްފަހު ލ.ގަން އަދި ފުވައްމުލަކު ސިޓީގެ ދަނޑުގެ މަސައްކަތް ފަށާނެ ކަމަށާއި މި ރަށްތަކުން ތަރިންތަކެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރީ ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކުންނެވެ. އަދި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ.

މި މަސައްކަތަށް ސަރުކާރުގެ ބަޖެޓުން 2,024,600.00 ރުފިޔާ ހަރަދުކޮށްފައިވެއެވެ.