Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ރައީސް ސޯލިހަށް އިންޒާރު ދިން މައްސަލައެއް ބަލަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖަޒީރާ ރާއްޖެ- މަގޭ ރާއްޖޭގެ އިފްތިތާހުކުރި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ / ރައީސް އޮފީސް

ޓީވީ ޕްރޮގްރާމެއްގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ، ރައީސްގެ ހަށިކޮޅުގައި ހުޅުޖެހުމަށް، ޓީވީ ޕްރޮގްރާމެއްގައި ގޮވާލި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާތީ، މިމައްސަލަ ފުލުހުން މިހާރު ވަނީ ތަހުގީގުކޮށް ބަލަން ފަށާފައިވާ ކަމަށެވެ.

މިފަދަ އިންޒާރެއް ރައީސްއަށް ދީފައިވަނީ ކޮން ޗެނެލަކުން ކަމެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލާފައިވާ ގޮތަކަށް ވާހަކަ ދެކެވިފައިވަނީ އިދިކޮޅު ކޯލިޝަނުގެ ޚަބަރުތައް ގެނެސްދޭ ޗެނެލް 13 އިން ކަމަށް މައުލޫމާތު ލިބެއެވެ.