Last Updated: April 26, 20:10
Friday, April 26, 2024
ޚަބަރު

"ސިއްރު" ދަތުރެއްގައި ސައީދު ޗައިނާއަށް!

ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އާވަށު ދާއިރާގެ މެމްމަބރު މުހައްމަދު ސައީދު (ފިނިފެންމާ ސައީދު) "ސިއްރު" ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިދު ޗައިނާއަށް ވަޑައިގެންފައިވަނީ ރޭ ދުބާއީ މަގުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެެއްވި ސައީދަކީ ޗައިނާއިން ރާއްޖެއަށް ދިން ބޮޑެތި ލޯންތައް ނެގުމުގައި ސޮއިކޮށް އިސްކޮށް އުޅުއްވި ފަރާތެވެ. ހާއްސަކޮށް މިހާރުވެސް ޗައިނާގެ ދިފާއުގައި ވާހަކަ ދައްކަވާ އެއް ބޭފުޅަކީ ފިނިފެންމާ ސައިދުއެވެ.

ކޮވިޑު-19 އާއި ގުޅިގެން ޗައިނާ އާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުުރުތައް މެދުކަނޑާލާފައިވަނިކޮށް ކުއްލި ގޮތަކަށް ސައީދު ޗައިނާއަށް ވަޑައިގަންނަވާފައި މިވަނީ އިންޑިއާ އާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފައްދަން ޕީޕީއެމް އާއި ޕީއެންސީ އިން ވަރަށް ބޮޑަށް އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ.

ސައީދަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމާއި ގުޅޭގޮތުން އަދި ހާއްސަކޮށް އިންޑިއާއިން ރާއްޖެއަށް ވެދެމުންދާ އެހީ ތަކަށް ވަރަށްބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.