Last Updated: April 26, 15:47
Friday, April 26, 2024
ދުނިޔެ

އިންޑިއާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަރު މިލިއަނަށް

އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ތިން މިލިއަނަށް އަރައިފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭ 86،432 މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަދި އިއްޔެއިން ފެށިގެން މި ބަލީގައި އިތުރު 1089 މީހަކު މަރުވެފައިވާ ކަމަށެވެ.

މި އަދަދުތަކާއެކު މި ބައްޔަށް އިންޑިއާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ހަތަރު މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 69،000 އަށް ވުރެ މައްޗަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މިލިއަން މީހުން ވަނީ ރަނގަޅުވެފައެވެ.

ކޮވިޑަށް އެންމެ ފުރަތަމަ އިންޑިއާ އިން މީހަކު ޕޮޒިޓިވްވީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކަށް އަރާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. ދެ މިލިއަނަށް އިންޑިއާގެ އަދަދު އެރީ މިދިޔަ މަހުގެ ކުރީކޮޅުއެވެ. އަދި ތިން މިލިއަނަށް އިންޑިއާގެ އަދަދު އެރީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.

އިންޑިއާ އަކީ ތިންވަނަ އަށް މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ ގައުމެވެ. މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އެމެރިކާ އިން ކަމަށްވާއިރު ދެވަނައިގައި އޮތީ ބްރެޒިލް އެވެ.