Last Updated: March 29, 14:00
Friday, March 29, 2024
ވިޔަފާރި

އިންޑިގޯއިން ކޮޗިންއާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފަށައިފި

އިންޑިގޯއިން ކޮޗިންއާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފަށައިފި އެވެ.

އިންޑިގޯ އިން ބުނީ މި ދަތުރުތައް ފަށާފައިވަނީ މިދިޔަ މަހު އިންޑިއާ އާއި ރާއްޖެއާ ދެމެދު އެކުލަވާލި "އެއާ ބަބްލް" އެއްބަސްވުމުގެ ދަށުން ކަމަށެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު މި ދަތުރުތައް ފެށިއިރު، ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހު ރާއްޖެއާއި ކޮޗިންއާ ދެމެދު ޝެޑިއުލް ދަތުރުތައް ކުރާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ. އަދި ކޮޗިންގެ އިތުރުން ވެސް އިންޑިއާގެ އެހެން ސްޓޭޓްތަކާ ރާއްޖެއާ ދެމެދު ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ހެދި "އެއާ ބަބަލް" އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މެދުގައި ބައެއް ރެސްޓްރިކްޝަންތަކާ އެކު ފްލައިޓުތައް އޮޕަރޭޓް ކުރެވޭނެއެވެ.

ރާއްޖެއަކީ އިންޑިއާއިން މިފަދަ "އެއާ ޓްރެވެލް ބަބަލް" އެއް ގާއިމުކުރި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް އެއް ގައުމެވެ. މިއީ ކޮވިޑް19 އަށް ފަހު، ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރި މިފަދަ ފުރަތަމަ އެއާ ބަބްލްވެސް މެއެވެ.