Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

މަތީ ތައުލީމާއި ތަމްރީނު ހޯދާ މީހުންގެ 64 ޕަސެންޓު މީހުންނަކީ އަންހެނުން

މިދިޔަ އަހަރު ބޭއްވި އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން - ފޮޓޯ: އައިޔޫއެމް

މަތީ ތައުލީމާއި ތަމްރީނު ހޯދަމުން އަންނަ މީހުންގެ ތެރެއިން 64 ޕަސެންޓު މީހުންނަކީ އަންހެނުން ކަމަށް މަތީ ތައުލީމާއި ތަމްރީނުގެ ތަފާސްހިސާބުން ދައްކައިފިއެވެ. 

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައި އެ ރިޕޯޓުން ދައްކާ ގޮތުގައި ކޮލެޖުތަކާއި ޔުނިވާސިޓީތަކުން މިދިޔަ އަހަރު ހިންގި 843 ޕްރޮގްރާމުގައި މިދިޔަ އަހަރު 13،999 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެންމެ ގިނަ ދަރިވަރުން ކިޔަވާފައިވަނީ ބިޒްނަސް، އެޑްމިނިސްޓްރޭޝަން އެންޑް ލޯ، އެޑިއުކޭޝަން އަދި އާޓްސް އެންޑް ހިއުމެނިޓީ ދާއިރާއިންނެވެ. 

އެންމެ ގިނައިން ބައިވެރިވެފައި ވަނީ ޑިގްރީ އަދި ސެޓްފިކެޓު ލެވަލް ހަތަރެއްގެ ޕްރޮގްރާމުތަކުގައެވެ. އެންމެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ދަނީ ގައުމީ ޔުނިވާސިޓީގައެވެ. އެތަނުގައި 26 ޕަސެންޓު ދަރިވަރުން ތައުލީމު ހާސިލު ކުރަމުން އަންނައިރު ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވައިދިނުމަށް 12 ތަނެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.

މިދިޔަ އަހަރު މަތީ ތައުލީމު ދެމުން ގެންދާ އިދާރާތަކުން ދަސްވެނިވިފައިވާ ފިރިހެން ދަރިވަރުންގެ އަދަދަކީ 37 ޕަސެންޓެވެ. މިހާރު މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންގެ އަދަދު އުޅެނީ 64 ޕަސެންޓުގައެވެ. އެއީ އަލަށް ކިޔަވަން ފެށި ދަރިވަރުންނާއިއެކުގައެވެ.