Last Updated: April 24, 12:56
Wednesday, April 24, 2024
ކުޅިވަރު

ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ މަގާމު ޑެ ބްރައިނާ އަށް

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ކެވިން ޑެ ބްރައިނާ ކާމިޔާބުކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ޑެ ބްރައިނާ މި މަގާމު ހޯދީ ލިވަޕޫލްގެ ތިން ކުޅުންތެރިން ކަމަށްވާ ވާޖިލް ވެންޑައިކް އާއި އެލެގްޒެންޑާ އާނޯލްޑް އާއި ސަޑިއޯ މާނޭގެ އިތުރުން މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ރަހީމް ސްޓާލިން އާއި ވާދަކޮށެވެ.

ޑެ ބްރައިނާ މި އެވޯޑު ހޯދިއިރު މިއީ ސިޓީގެ ކުޅުންތެރިއަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ ސީޒަނުގައި ސިޓީގެ މެދުތެރޭގައި މޮޅު ކުޅުމެއް ޑެ ބްރައިނާ ދެއްކިއިރު އޭނާ ވަނީ 13 ގޯލާއި 20 އެސިސްޓް ހަދާފައެވެ.

ޕީއެފްއޭ މޮޅު ކުޅުންތެރިއާގެ އެވޯޑު ޑެ ބްރައިނާ ހޯދިއިރު އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދީ ލިވަޕޫލަށް ކުޅެމުން އަންނަ އުމުރުން 21 އަހަރުގެ އާނޯލްޑެވެ. އަދި ޕީއެފްއޭ އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމު ހޯދީ ޗެލްސީ އަށް ކުޅެމުން އަންނަ ބެތަނީ އިންގްލޭންޑެވެ.