Last Updated: March 28, 18:00
Thursday, March 28, 2024
ވިޔަފާރި

އެސްޑީއެފްސީގެ ލޯނުތައް ފަސްކޮށްދޭން ހުށަހަޅަން ހުޅުވާލައިފި

ކޮވިޑް-19 އާއި ގުޅިގެން އެސްޑީއެފްސީއިން ދޫކޮށްފައިވާ ލޯނުތައް ފަސްކޮށްދިނުމަށް ހުށަހެޅުމުގެ ދެވަނަ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޑީއެފްސީން ވަނީ ލޯނުތައް ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާފައެވެ.

އެސްޑީއެފްސީން ބުނީ މޮރެޓޯރިއަމްގެ މުއްދަތު މި މަހުން ފެށިގެން ހަތަރު މަސްދުވަހަށް އިތުރުކޮށް، މިއަދުން ފެށިގެން މިޚިދުމަތަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މޮރެޓޯރިއަމްއަށް އެދުމަށް ހަމަޖެހިފައިވަނީ އެސްޑީއެފްސީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ޕޯރޓަލްއިންނެވެ.

މޮރެޓޯރިއަމްއަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި މިތާރީޚާއި ހަމައަށް މޮރެޓޯރިއަމްއަށް އެދި ހުށަހަޅާފައި ނުވާނަމަ، ބެލެވޭނީ އެފަރާތްތަކުން މޮރެޓޯރިއަމްގެ ޚިދުމަތް ބޭނުންނުވާ ކަމަށާއި އެލޯނުތަކަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ މި މަހުން ފެށިގެން ދައްކަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެސްޑީއެފްސީއަކީ ދައުލަތުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް ކަމަށްވާއިރު، އެސްޑީއެފްސީގެ އިތުރުން ބީއެމްއެލް އިން ވެސް ވަނީ ލޯނު ދެއްކުން ފަސްކޮށްދިނުމަށް ނިންމައި، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައެވެ.