Last Updated: March 29, 13:51
Friday, March 29, 2024
ޚަބަރު

ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްދޭން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ

ރައީސް ޔާމީން -- ފޮޓޯ / އަވަސް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓުތައް ފްރީޒް ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން އޮތީ މާދަމާ ހެނދުނު 10:00ގައެވެ. މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 16ވަނަ ދުވަހުއެވެ. އޭރު މި މައްސަލަ ބަލަމުން ދިޔައީ ކުރީގެ ސުޕްރީމް ކޯޓުގެ ބެންޗުންނެވެ. އެ ދުވަހު މައްސަލަ ނިންމާލައްވަމުން އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައި ވަނީ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޕީޖީން ވަނީ ޔާމީންގެ ނަމުގައި ދެ ބޭންކެއްގައި ހުރި އެކައުންޓުތައް ފްރީޒް ކޮށްދިނުމަށް އެދިފައެވެ. އެއީ ބީއެމްއެލްއާ މޮރީޝިއަސް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުތަކެކެވެ. އޭގެއިތުރަށް އިސްލާމިކް ބޭންކްގެ އަށް އެކައުންޓް ފްރީޒު ކުރުން ހުއްޓުވި ހައިކޯޓުގެ ހުކުމް ބާތިލް ކުރަން ވެސް ވަނީ އެދިފަ އެވެ. މީގެއިތުރަށް އިސްލާމިކް ބޭންކުގެ އަށް އެކައުންޓު ފްރީޒް ކުރުމަށް ކުރި އަމުރު ހައިކޯޓުން ބާތިލް ކޮށްފައިވާތީ ހައިކޯޓުގެ އެ ޙުކުމްވެސް ބާތިިލް ކޮށްދިނުމަށް ވަނީ ދަޢުލަތުން ވަނީ ސުޕްރީމް ކޯޓުގައި ހުށަހަޅާފައެވެ.

ދަޢުލަތުން މީގެކުރުން ހަމައެކަނި އެދުނީ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އަށް އެކައުންޓެއް ފްރީޒު ކޮށްދިނުމަށެވެ. ނަމަވެސް އިތުރު ދެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓުތައް ފްރީޒު ކޮށްދިނުމަށް އެދުން މިއީ ފުރަތަމަ ފަހަރެވެ. މިއަދުގެ އަޑުއެހުމުގައި ދަޢުލަތުގެ ފަރާތުން ވަނީ ހައިކޯޓުން ބާތިލް ކުރުމަށް ކުރި އަމުރު ފަސް ކޮށްދިނުމުގެ ވަގުތީ އަމުރަކަށްވެސް އެދިފައެވެ. ނަމަވެސް ޔާމީންގެ އެކައުންޓްތައް ފްރީޒުކުރަން ނެރުނު އަމުރުގެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ދަޢުލަތުން ބުނީ އިސްލާމިކް ބޭންކުގައި ހުރި ޔާމީންގެ އަށް އެކައުންޓެއް ފްރީޒްކުރަން ކުރި ހުކުމް ބާތިލު ކުރުމުގެ ސަބަނުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަމަށް ގަބޫލުކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރަކީ ރަނގަޅު އަމުރެއްކަމަށް ކަނޑައަޅައި ފައިސަލާ ކުރުވަނިވި ހުކުމެއް ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ މާނަ ކޮށްދިނުމަށް ވެސް ޕީޖީ އެފީހުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ. މިކަމާއި ގުޅިގެން ރައީސް ޔާމީނުގެ ވަކީލުންނާއި ދައުލަތުގެ ވަކީލުންވަނީ އެފަރާތްތަކަށް ފެންނަގޮތް ކޯޓުގައި ހިއްސާކޮށްފައެވެ.

ޔާމީންގެ އެކައުންޓުތައް ފްރީޒު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނިންމީ ޖިނާޢީ އިޖުރާއަތުގެ ޤާނޫގެ 72ވަނަ އަދި 73ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. ހައިކޯޓުން ބުނީ ކްރިމިނަލް ކޯޓުގެ އެ އަމުރަކީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ 73 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.

ދަޢުލަތުގެ ވާހަކަތަކަށް ރައްދު ދެމުން ޔާމީން ޤާނޫނީ ވަކީލް ޢަބްދުﷲ ޝިޔާޒު ވިދާޅުވީ މިމައްސަލާގައި ހައިކޯޓުން ޙުކުމް ކުރީ ރިއާޔަތްކުރަންޖެހޭ ހުރިހާކަމަކަށް ރިއާޔަތްކޮށްގެންކަމަށް ޤަބޫލުކުރާކަމަށާއި، މިމައްސަލާގައި ދައުލަތައް ލިބެންޖެހޭ ފައިސާއެއް ގެއްލިދާނެކަމަށް ޕީޖީން ވިދާޅުވިނަމަވެސް އެންޓިކޮރަޕްޝަން ކޮމިޝަނުގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓެއްގައި އެފައިސާ ވަނިކޮށް ގެއްލިދާނެކަމަށް ޤަބޫލުނުކުރާ ކަމަށެވެ. އެހެން ކަމުން ހައިކޯޓުގެ އަމުރަށް ތާއީދު ކޮށް ދިނުމަށް ޔާމީންގެ ވަކީލުންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.