Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ހަސަން ލަތީފް މަގާމުން ވަކިކޮށްދިނުމަށް އެދި ރައީސަށް ސިޓީއެއް

ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި ހަސަން ލަތީފް - ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ހަސަން ލަތީފް ވަކިކޮށްދިނުމަށް އެދި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިއު ޝުއައިބު އަލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް މިއަދު ފޮނުއްވައިފިއެވެ.

ޝުއައިބު މިފަދަ ސިޓީއެއް ރައީސް ސޯލިހަށް ފޮނުއްވާފައިމިވަނީ އެމްޑީޕީގެ އެންމެ އިސް މަގާމަކީ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ކަމަށް ހަސަން ލަތީފް ވިދާޅުވެފައިވާތީ ގިނަ ބަޔަކު އެކަމާ ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޝުއައިބުގެ ސިޓީގައި ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ އެންމެ އިސް ފަރާތަކީ އެވަގުތަކު ރާއްޖޭގެ ރައީސްކަން ކުރައްވާ ފަރާތްކަން ހަސަން ލަތީފް ގަބޫލުނުކުރައްވާ ކަމަށާއި މިކަމަކީ ޕާޓީގެ ތެރެއިން ރޭވިގެން ހިންގާ ހިމެނޭން ބަޣާވާތެއް ކަމަށް ދެކޭ ކަމަށެވެ.

އެހެންކަމުން ނުރައްކާތެރި ކޮވިޑްގެ ހާލަތާއި، ސަރުކާރާ ރައީސް ސޯލިހާއި މެދު ދޮގު ވާހަކަތައް ފަތުރަމުންދާ ވަގުތެއްގައި ޕާޓީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގައި މުތުލަޤަށް ބަޔާންކުރާ ޕާޓީގެ އިސް ލީޑަރު ނަފީކޮށް އެހެން މާއްދާއަކަށް ރިއާޔަތްކޮށް ޕާޓީގެ އިސް ލީޑަރުގެ ނަފްސު އޮޅުވާލުމުން މިހާރުން މިހާރަށް ހަސަން ލަތީފް މަގާމުން ދުރުކޮށް ދެއްވުމަށް ރައީސް ސޯލިހުގެ އަރިހުން މި ސިޓީގައި ވަނީ އެދިފައެވެ.

"އިރެއްގައި ކިތަންމެ އިހުލާސްތެރި މީހެއް ކަމުގައިވިޔަސް އިންސާނުންނަކީ ހާލަތާއި ވަގުތާއި ގުޅޭގޮތުން ނިޔަތް ބަދަލުވާ ބައެއްކަން އިނގޭ ހިދު މިފަދަ ޣައްދާރު އަމަލުތަކުން އެމްޑީޕީގެ ކޮންގްރެސް އިން ފާސްކޮށްފައިވާ އަސާސީ ގަވާއިދުގައި ބުނެފައިވާ މާއްދާތަކަށް ފުރިހަމަ އަށް ތަބާވެގެން މެނުވީ 2023 ގައި އެމްޑީޕީ އަށް ކުރިމަގު ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ" ޝުއައިބުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.