Last Updated: March 29, 06:30
Friday, March 29, 2024
ކުޅިވަރު

ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ނިމިއްޖެ

އައްޑޫ ސިޓީ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް ނިމިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން 8103 އަކަ މީޓަރު ސަރަޙައްދެއްގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ފުޓްބޯޅަ ދަނޑު ވަށައިގެން ޕޭވްމަންޓް ހަދައި ނިންމާފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢަކީ ޔޫތު މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2.49 މިލިއަން ރުފިޔާ އަށެވެ.