Last Updated: April 26, 16:59
Friday, April 26, 2024
ވިޔަފާރި

ޖަރާސީމުން ރައްކާތެރިވާން ބޭނުންކުރާ ސައިބޯނި ފުޅި ސިބްކޯގައި

ޖަރާސީމުން ރައްކާތެރިވާން ބޭނުންކުރާ "އެކްޓިވެކްސް" ބްރޭންޑުގެ ސައިބޯނި އާއި ސައިބޯނި ފުޅި ސިބްކޯ އިން ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަން ފަށައިފިއެވެ.

އެގޮތުން "އެކްޓިވެކްސް" ބްރޭންޑުގެ ސައިބޯނި އަކީ ޖަރާސީމުން ރައްކާތެރިވާން އުފައްދާފައިވާ އެހެން ބްރޭންޑުތަކުގެ ސައިބޯނިތައް ފަހަތަށް ޖައްސާލައި އާއްމުންގެ އިތުބާރު ހޯދަމުންދާ އުފެއްދުމެކެވެ.

އަދި އެކްޓިވެކްސް ބްރޭންޑްގެ ސައިބޯނި ފުޅި އުފައްދާފައި ވަނީ ސައިންޓިފިކް ރިސާރޗުތަކުގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު މި އުފެއްދުމުން ލިބޭ ގިނަ ފައިދާތަކެއް ވެއެވެ. އެގޮތުން 99.9 އިންސައްތަ ޖަރާސީމު މަރާލުމާއި، ޖަރާސީމުން 12 ގަޑިއިރު ވަންދެން ރައްކާތެރިކޮށްދިނުން ހިމެނެއެވެ.

އަދި ހަންގަނޑު ހިކުމާއި ހަންފޮޅުމަށް ހައްލު ލިބޮ، ހަންގަނޑު ހިރުވުންފަދަ ކަންކަމުން ވެސް މި އުފެއްދުން ބޭނުން ކުރުމުން ސަލާމަތްވާނެއެވެ.

އެކްޓިވެކްސް ބްރޭންޑްގެ ލިކުއިޑް ހޭންޑް ސޯޕް 300 އެމްއެލްގެ ފުޅިއެއް ސިބްކޯ އިން ވިއްކަނީ 15.83 ރުފިޔާ އަށެވެ. އަދި 700 އެމްއެލްގެ ފުޅިއެއް 30.55 ރުފިޔާ އަށް، 1500 އެމްއެލްގެ ފުޅިއެއް ސިބްކޯ އިން ވިއްކަނީ 53.13 ރުފިޔާ އަށެވެ.

މި ތަކެތި ސިބްކޯ އިން ހުރިހާ އައުޓްލެޓަކުން ވެސް ލިބެން ހުންނާނެއެވެ. ސިބްކޯގެ އައުޓްލެޓްތައް މާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކުގައި ހުރެއެވެ.