Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

މަނަދޫ މޮނީޓަރިން ހާލަތުން ނަގައިފި

ނ.މަނަދޫ

ނ.މަނަދޫގައި އިއުލާންކުރި މޮނީޓަރިންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އުވާލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު މަނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެ ރަށުން ފެނުނު ޕޮޒިޓިވް ކޭސްއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުންނެވެ.

މަނަދޫ އިން ޕޮޒިޓިވް ވެފައިވަނީ މާލެއިން އެ ރަށަށް ހޯމް ކަަރަންޓީނަށް ފޮނުވި ދިވެހި ފިރިހެނެކެވެ. ނަމަވެސް އޭނާގެ ނަތީޖާ ހަވާލުކުރަން ބެލިއިރު އޭނާ ހުރީ ދޯންޏެއްގައި މަހަށް ނުކުމެއެވެ. އޭނާ ވަނީ ހުކުރު ނަމާދަށާއި އެ ރަށުގެ އެހެން ބައެއް ތަންތަނަށް ވެސް ގޮސްފައެވެ.

އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް 26 މީހަކު މަނަދޫ އިން ވަނީ ކަރަންޓީނުކޮށްފައެވެ.