Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

މިއަދުވެސް ބަންގްލަދޭޝްގެ 200 މީހުން ފުރުވާލައިފި

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 200 މީހުން މިއަދު ވެސް ފުރުވާލައިފިއެވެ.

މި މީހުން ފޮނުވާލާފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި އެނބުރި ގައުމަށް ދާން ބޭނުންވާ އެ ގައުމުގެ ރައްޔިތުން ފޮނުވާލުމަށް ސަރުކާރުން ދަނީ ފްލައިޓުތައް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި އެނބުރި ގައުމަށް ދާން ބޭނުންވާ އެ ގައުމުގެ ރައްޔިތުން ފޮނުވާލުމަށް ސަރުކާރުން ދަނީ ފްލައިޓުތައް ބާއްވަމުންނެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 20،000 މީހުން އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް 5000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ދެވަނަ އަށް އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.