Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

މަނަދޫން ނެގި 62 ސާމްޕަލް ނެގެޓިވް

ނ.މަނަދޫ އިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވް ވެއްޖެއެވެ.

ނ. އަތޮޅު ހޮސްޕިޓަލުން ބުނީ އެރަށުން ފެނުނު ޕޮޒިޓިވް ކޭސްއާއި ގުޅިގެން ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ކަށަވަރު ކުރުމަށްޓަކައި 62 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އެގޮތުން އެ ހުރިހާ ސާމްޕަލެއް ވެސް ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މަނަދޫ އިން ޕޮޒިޓިވް ވެފައިވަނީ މާލެއިން އެ ރަށަށް ހޯމް ކަަރަންޓީނަށް ފޮނުވި ދިވެހި ފިރިހެނެކެވެ. ނަމަވެސް އޭނާގެ ނަތީޖާ ހަވާލުކުރަން ބެލިއިރު އޭނާ ހުރީ ދޯންޏެއްގައި މަހަށް ނުކުމެއެވެ. އޭނާ ވަނީ ހުކުރު ނަމާދަށާއި އެ ރަށުގެ އެހެން ބައެއް ތަންތަނަށް ވެސް ގޮސްފައެވެ.

އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް 26 މީހަކު މަނަދޫ އިން ވަނީ ކަރަންޓީނުކޮށްފައެވެ.

އެ ކޭސްއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށް މަނަދޫ މޮނީޓަރިންގެ ހާލަތަށް ގެނައުމަށްފަހު މިއަދު ވަނީ އެ ހާލަތުން އެ ރަށް ނަގާފައެވެ.