Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

ޕާކިސްތާނުން ޕޮޒިޓިވްވި 96 އިންސައްތަ މީހުން ރަނގަޅުވެއްޖެ

ޕާކިސްތާނުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 96 ޕަސެންޓް މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

ޕާކިސްތާނުގެ ނެޝަނަލް ކޮމާންޑް އެންޑް އޮޕަރޭޝަން ސެންޓަރުން (އެންސީއޯސީ) ބުނީ މިހާތަނަށް އެގައުމުން މި ބައްޔަށް ޕޮޒިޓިވްވި 303,089 މީހުންގެ ތެރެއިން 290،760 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިއީ ބަލި ޖެހުނު މީހުންގެ 96 އިންސައްތަ މީހުންނެވެ.

މިވަގުތު ޕާކިސްތާނުގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި އުޅެނީ 5936 ކޭސް ކަމަށް އެންސީއޯސީން ބުނެއެވެ. ފާއިތުވި 24 ގަޑިއިރުތެރޭ އެގައުމުން މި ބައްޔަށް 29،000 އަށް ވުރެ ގިނަ ޓެސްޓު ހަދާފައިވާއިރު އޭގެތެރެއިން 665 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މި ބަލީގައި މިހާތަނަށް ޕާކިސްތާނުން 6393 މީހުން ވަނީ މަރުވެފައެވެ.

ޕާކިސްތާނުން މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ ވެސް އަދި މަރުވެފައިވަނީ ވެސް ސިންދް ޕްރޮވިންސުންނެވެ.