Last Updated: April 26, 05:51
Friday, April 26, 2024
ޚަބަރު

މިއަދު 99 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 ގެ ސާމްޕަލްތައް ޓެސްޓު ކުރަނީ - ފޮޓޯ: ރާއްޖެއެމްވީ

މިއަދު ރާއްޖެއިން 99 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 65 ދިވެހިންނާއި 34 ބިދޭސީން ކަމަށެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9427 އަށް އަރާފައެވެ. މީގެތެރެއިން 1485 މީހުންނަށް ފަރުވާ ދެމުން އަންނައިރު 115 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7903 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 33 މީހަކު ނިޔާވެފައެވެ.