Last Updated: July 12, 13:47
Saturday, July 12, 2025
ޚަބަރު

ހުޅުމީދޫ ބޮޑު މަގުގެ 85 ޕަސެންޓު މަސައްކަތް ނިމިއްޖެ

އައްޑޫ ސިޓީ ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 85 ޕަސެންޓު މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން މަގުބައްތި ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތުގެ 48 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެ މަގުގައި ސްޓޯމް ވޯޓާ މެނޭޖުމެންޓު ސިސްޓަމެއް ގާއިމްކޮށް، ޕޭވްމެންޓު ހެދުމާއި، ޒިބްރާ ކްރޮސިން ގާއިމުކޮށް ސްޕީޑް ބްރޭކަރު ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ.

މި މަގު ތަރައްގީ ކުރުމުގެ މަސައްކަތަށް 42.5 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ.