Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ދިއްދޫގައި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ހއ.ދިއްދޫގައި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ދިއްދޫގެ ދެކުނު ފަރާތު އަތިރިމަތީ ރާޅުޖަހާ ހިސާބުގައި ހަރަކާތެއް ނެތި ހަބަރު ހުސްވެފައި މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:56 ހާއިރު ލިބިފައިވާ ކަމަށެވެ.

އެމީހާ ފުލުހުންގެ އެހީތެރިކަމާއެކު އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެމީހާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެއެވެ.

ނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.