Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އިތުރު 74 މީހުން ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 ގެ ސާމްޕަލްތައް ޓެސްޓު ކުރަނީ - ފޮޓޯ: ރާއްޖެއެމްވީ

ރާއްޖެއިން އިތުރު 74 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 37 ބިދޭސީއެއް ކަމަށެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9568 އަށް އަރާފައެވެ. މީގެތެރެއިން 1452 މީހުންނަށް ފަރުވާ ދެމުން އަންނައިރު 106 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8077 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 33 މީހަކު ނިޔާވެފައެވެ.