Last Updated: March 29, 18:55
Friday, March 29, 2024
ދުނިޔެ

ކޮވިޑުން އެންމެ ގިނަ މީހުން ރަނގަޅުވި ގައުމަކަށް އިންޑިޔާ

ކޮވިޑް-19 ގައި އެންމެ ގިނަ މީހުން ރަނގަޅުވި ގައުމަކަށް އިންޑިޔާ ވެއްޖެއެވެ.

މި ބަލިން އެންމެ ގިނަ މީހުން ރަނގަޅުވި ގައުމެއްގެ ގޮތުގައި މީގެކުރިން އޮތީ އެމެރިކާއެވެ. އެގައުމުން މި ބައްޔަށް ހަ މިލިއަން މީހުން ޕޮޒިޓިވް ވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ 4,191,894 މީހުންނެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭ އެގައުމުން 95،880 މީހުން އެގައުމުން މި ބަލީގައި ރަނގަޅުވެފައިވާ ކަމަށެވެ. އެއާއެކު މި ބަލިން އިންޑިއާ އިން ރަނގަޅުވި މީހުންގެ އަދަދު 4,208,431 އަށް އަރާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އިންޑިއާ އިން މިހާތަނަށް މި ބައްޔަށް 5,308,014 މީހުން ވަނީ ޕޮޒިޓިވް ވެއެވެ. އަދި ފާއިތުވި 24 ގަޑިއިރުތެރޭ މި ބައްޔަށް އެގައުމުން ވަނީ 93،337 މީހުން ޕޮޒިޓިވް ވެފައެވެ. އަދި އިތުރު 1247 މީހުން ފާއިތުވި 24 ގަޑިއިރުތެރޭ މި ބަލީގައި މަރުވިއިރު އެގައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 85،619 އަށް އަރާފައެވެ.

އިންޑިއާ އަކީ މުޅި ދުނިޔެ އިން މި ބައްޔަށް ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ ގައުމެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އެމެރިކާ އިންނެވެ. އެގޮތުން އެގައުމުން މި ބައްޔަށް ވަނީ 6,925,941 މީހުން ޕޮޒިޓިވް ވެފައެވެ.