Last Updated: April 25, 10:16
Thursday, April 25, 2024
ޚަބަރު

މަސްވެރިން ބާނާ މަސް ކުންފުނިތަކަށް ގަނެވޭނެ އަގަށް ބަދަލު ގެނެސްފި

މަސްވެރިން ކިރާ މަހަށް މަސް ކުންފުނިތަކުން ދެވޭނެ އެންމެ ދަށް އަގަށް ސަރުކާރުން ބަދަލު ގެނެސްފިއެވެ.

ފިޝަރީޒް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި 7 ރުފިޔާއަށް ގަންނަމުން ދިޔަ ކަޅުބިލަމަސް އަދި ރީނދޫ އުރަހަ ކަންނެލީގެ 1.5 ކިލޯ އަދި އެއަށްވުރެ ބަރު މަހުގެ ކިލޯއެއްގެ އެންމެ ދަށް އަގަކީ 13 ރުފިޔާ ކަމަށެވެ. އަދި 1.5 ކިލޯއަށްވުރެ ދަށް ކަޅުބިލަ މަސް އަދި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އެންމެ ދަށް އަގުގެ ގޮތުގައި ހަމަޖައްސާފައިވާ 3 ރުފިޔާ 60 ލާރި ވަނީ 5 ރުފިޔާ 15 ލާރިއަށް ބޮޑުކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީގެ އެ އިއުލާނުގައި ބުނެފައި ވަނީ މަސްވެރިން ބާނާ މަސް ގަންނަ ކުންފުނިތަކުން މި މަހުގެ 24ވަނަ ދުވަހުން ފެށިގެން މަސް ގަންނަން ވާނީ ފްލޯ ޕްރައިޒް ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މި ސިޔާސަތަކީ ފުޅާދާއިރާއެއްގައި އެކްސްޕޯޓުކުރުމަށް މަސް ގަންނަ ފަރާތްތަކަށް ހިންގާ ސިޔާސަތެއް ކަމަށާއި މަސްކައްކާ ހިއްކާ ފަރާތްތަކުން އަދި މި ނޫންވެެސް ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަންނަ އެހެން ފަރާތްތަކުން މި ފްލޯޕްރައިޒިން އަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ.

މަސްވެރިންގެ އަދި މަސް ގަންނަ ފަރާތްތަކުގެ އާމްދަނީ އާއި ޚަރަދުގެ މައްޗަށް ރިޢާޔަތްކޮށް ކަނޑައަޅާ ފްލޯ ޕްރައިޒް އެންމެ ފަހުން މުރާޖަޢާ ކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ.