އައިޖީއެމްއެޗަށް 39 ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.
އައިޖީއެމްއެޗް އިން ހޯދަން އިއުލާންކޮށްފައިވަނީ ރެޖިސްޓަރޑް ނަރުހުންނާއި ސީނިއާ ރެޖިސްޓަރޑް ނަރުހުންނާއި ކްލިނިކަލް ނަރުހުންނެވެ.
މި ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި 9060 އާއި 10940 ލިބޭނެ ކަމަށް ބުނެފައިވެއެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ވަޒީފާ އަށް މީހުން ހޮވުމުގައި ބަލާނީ ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން އަދި ގާބިލްކަން ކަށަވަރުކުރުމަށް ކުރާ އިންޓަވިއުއަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 13.30 ގެ ކުރިން، recruitment.local@igmh.gov.mv މެއިލަށް ފޮނުވުމަށް ވަނީ އެދިފައެވެ.