Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ސްނޯކްލިން އަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަނީ

މާލޭގެ ވެސްޓްޕާކު ސަރަހައްދަށް ސްނޯކްލިން އަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު 11:00 ހާއިރު ސްނޯކްލިން އަށް އެކަނި ގޮސް އުޅެނިކޮށް ހަބަރެއް ނުވެގެން ހޯދަމުން އަންނަނީ މ.ބޮއިލިން ފިޝް، އުމުރުން 24 އަހަރުގެ ސަފްވާން ރަޝީދު ކަމަށެވެ.

އޭނާ ހޯދުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 4:36 ހާއިރު ކަމަށް އެމްއެންޑީއެފުން އިން ބުނެއެވެ.