Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

ގެއްލުނު ޒުވާނާ މަރުވެފައި އޮއްވައި ފެނިއްޖެ

މާލޭގެ ވެސްޓްޕާކު ސަރަހައްދަށް ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޒުވާނާގެ ހަށިގަނޑު އެ ސަރަހައްދުން މޫދު އަޑީގައި އޮއްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައިވާ ކަމަށެވެ. އަދި މިހާރު އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 12.1 މީޓަރު އަޑީގައި އޮއްވައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިއަދު ހެނދުނު 11:00 ހާއިރު ސްނޯކްލިން އަށް އެކަނި ގޮސް އުޅެނިކޮށް ހަބަރެއް ނުވެގެން އެމްއެންޑީއެފުން ހޯދަމުންދިޔައީ މ.ބޮއިލިން ފިޝް، އުމުރުން 24 އަހަރުގެ ސަފްވާން ރަޝީދު އެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 4:36 ހާއިރު ކަމަށް އެމްއެންޑީއެފުން އިން ބުނެއެވެ.