Last Updated: July 2, 23:14
Thursday, July 3, 2025
ޚަބަރު

އަނެއްކާވެސް މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި މަސްވެރިއެއްގެ ލޮލަށް އަނެއްކާވެސް ބުޅިއެއް ހެރިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބުޅި ހެރިފައިވަނީ އދ.މަންދޫގެ ހުޅަނގުން 101 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ކޮންކޯޑް" ނަމަކަށް ކިޔާ ދޯނީގައި ހުރި އުމުރުން 65 އަހަރުގެ ދިވެއްސެއްގެ ލޮލަށް ކަމަށެވެ.

އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަން އިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 7:06 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މަހަށް ނިކުމެ އުޅުނު މީހެއްގެ ލޮލަށް މިދިޔަ މަހުގެ ތެރޭގައި ވެސް ބުޅިއެއް ހެރިފައިވެއެވެ. އެގޮތުން އެފަހަރު ބުޅި ހެރިފައިވަނީ ބ.ކުޑަރިކިލު "އައިލާ" ދޯނީގެ އުމުރުން 37 އަހަރުގެ ފިރިހެނެއްގެ ލޮލަށެވެ.