Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އައްޑޫގެ ބޮޑު ސަރަހައްދެއްގައި ކަރަންޓު ނެތި ހަތަރު ގަޑިއިރު!

އައްޑޫ ސިޓީގެ ބޮޑު ސަރަހައްދެއްގައި ކަރަންޓު ނެތި ހަތަރު ގަޑިއިރަށް ވުރެ ގިނަ އިރުވެއްޖެއެވެ.

މިއަދު ހެނދުނު 9:30 އިން އައްޑޫން ކަރަންޓު ކެނޑުނުއިރު މެންދުރު 12:00 ހާއިރު ބައެއް ހިސާބުތަކަށް ވަނީ އަލުން ކަރަންޓު ލިބިފައެވެ. ނަމަވެސް ފަހުން އެ ހިސާބުތަކުން ވެސް ވަނީ އަލުން ކަރަންޓު ކެނޑިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓު ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އެކަން ހައްލުކުރުމަށް ފެނަކަ އިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގިނައިރުތަކެއް ވަންދެން އައްޑޫ އިން ކަރަންޓު ކެނޑިފައިވާއިރު، އެއްވެސް ސަރުކާރަކަށް އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ހޯދައިދެވިފައި ނުވާ ކަމަށް ބުނެ އާއްމުން އަންނަނީ ސޯޝަލް މީޑިޔާގައި ފާޑު ކިޔަމުންނެވެ.

އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ފެނަކަ އިން މަސައްކަތް ކުރަމުން އަންނައިރު، ދޭތެރެ ދޭތެރެ އިން ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.