Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

ކަރަންޓުގެ މައްސަލަ ހައްލުކުރަން ދެ ގަޑިއިރު ނަގާނެ: ފެނަކަ

ފެނަކަ ހިތަދޫ ބްރާންޗް.

މިއަދު ދިމާވި އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ދެ ގަޑިއިރު ނަގާނެ ކަމަށް ފެނަކަ އިން ބުނެފިއެވެ.

ފެނަކަ އިން ބުނީ އައްޑޫގެ ފެނަކަ ކަސްޓަމާ ސާވިސް އޮފީހުގެ ގޯތި ތެރޭގައި އިން ސްވިޗު ގިޔާ އަށް ދިމާވި މައްސަލައަކާ ގުޅިގެން ބައެއް ހިސާބުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން މިކަމަށް ދެ ގަޑިއިރެއްހާ އިރު ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފެނަކަ އިން ބުނެއެވެ.

މިއަދު ހެނދުނު 9:30 ގައި އައްޑޫގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނުއިރު، ހަތަރު ގަޑިއިރަށް ފަހު ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓުގެ ހިދުމަތް އަލުން ލިބިފައެވެ.

އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ފެނަކަ އިން މަސައްކަތް ކުރަމުން އަންނައިރު، ދޭތެރެ ދޭތެރެ އިން ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.